މަތިވެރިއަށް ރައީސް ވަޑައިގެންނެވުމުން ހޫނުމަރުހަބާއެއް ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
މަތިވެރިއަށް ރައީސް ވަޑައިގެންނެވުމުން ހޫނުމަރުހަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު މަތިވެރިއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަތިވެރިއަށް ވަޑައިގެންނެވުމާ ގުޅިގެން، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ރަށުގެ ގިނަ ރައްޔިތުންތަކެއް ބަނދަރު ސަރަހައްދަށް ޖަމާވެފައިވެއެވެ. މީގެއިތުރުން، އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ބަނދަރުމަތީގައި ސަޤާފީ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ މަތިވެރީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގައި ރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ މަތިވެރީ ރައްޔިތުންނާ ސީދާ ބައްދަލުކުރައްވާ، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް އަޑުއެއްސެވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅަކީ ސަރުކާރުން ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ދެއްވާ އަހައްމިއްޔަތުކަމުގެ ދަށުން ކުރައްވާ ދަތުރުފުޅެކެވެ.

މިއަދު އޮންލައިން