މަތިވެރީގައި އެއަރޕޯޓް ތަރައްޤީކުރަން ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރައީސް ފަށްޓަވައިދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
މަތިވެރީގައި އެއަރޕޯޓް ތަރައްޤީކުރަން ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރައީސް ފަށްޓަވައިދެއްވައިފި

އއ. މަތިވެރީގައި އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފަށްޓަވައިދެއްވައިފިއެވެ. މި މަސައްކަތް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މަތިވެރީގެ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކުރައްވާފައެވެ. މި މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރެއްވީ މަތިވެރީގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

މި އެއަރޕޯޓްގެ މަޝްރޫޢުގައި ހިމެނެނީ 1500 މީޓަރުގެ ދިގު އަދި 30 މީޓަރުގެ ފުޅާ ރަންވޭއެއް ތަރައްޤީކުރުމާއި، ޓެކްސީވޭ އަދި އޭޕްރަންގެ އިތުރުން ފަސިންޖަރުން ބޭނުންކުރާނެ ޓާމިނަލްއެއް އެޅުމެވެ. މީގެއިތުރުން ފަޔަރ ސްޓޭޝަނަކާއި އެއަރޕޯޓުގެ ޚިދުމަތްދޭ މަގުތައްވެސް މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭނެއެވެ.

"މަތިވެރީގައި އެއަރޕޯޓެއް އެޅުމަކީ އިގްތިސާދީ ގޮތުން ދެކޮޅުޖެހޭނެ ކަމެއް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ. "އެއަރޕޯޓު އެޅުމުން ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ދޮރުތައް ހުޅުވިގެންދާނެ އަދި އިގްތިސާދީ ނަފާވެސް ލިބިގެންދާނެ."

މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް "ކްރޮސް ސަބްސިޑީ" އުޞޫލުން އެއަރޕޯޓް ތަރައްޤީކުރާނެ ފަރާތެއް ހޯދުމަށް މިއަހަރުގެ މެއި މަހު ވަނީ އިޢުލާންކޮށްފައެވެ. މި މަޝްރޫޢަކީ ސަރުކާރުން މިއަހަރު އަލަށް ފަށާ މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ އެއް މަޝްރޫޢެވެ.

މިއަދު އޮންލައިން