ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސްބޯޓެއް، އަތުލައިގަނެފި

މިއަދު
ކިޔުމަށް ހޭދަވާނީ 38ސ
ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސްބޯޓެއް، އަތުލައިގަނެފި

ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދުގެ ތެރޭގައި ގާނޫނާ ޚިލާފަށް ހަރަކާތްތެރިވި ކަމަށް ބެލެވޭ ބޭރުގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. 

ސްރީ ލަންކާއަށް ނިސްބަތްވާ 6 މީހުން ތިބި މި ބޯޓު ފެނިފައިވަނީ ކ.ދިއްފުށްޓާ ދިމާ އިރުމަތިން ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދުންނެވެ. މި މަސްބޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ރޭގެ ވަގުތެއްގައެވެ. 

މި މަސްބޯޓާ މެދު ގާނޫނުގައި ވާ ގޮތުގެ މަތިން ޢަމަލުކުރުމަށް ޓަކައި، މަސްބޯޓު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައެވެ.

މިއަދު އޮންލައިން