މަތިވެރި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބިންގާ އަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
މަތިވެރި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބިންގާ އަޅައިފި

އއ. މަތިވެރީގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މި މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމާއި، އެމްޓީސީސީގެ ސީއީއޯ އަޙްމަދު ސަޢުދީ ވަނީ ބިންގާ އަޅުއްވައިދެއްވާފައެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ދާއިރާގެ މެންބަރު ހަސަން ޒަރީރާއި، ސަރުކާރުގެ ވަޒީރުންނާއި މަތިވެރި ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ތިމާވެއްޓާ ރަށްޓެހި ގޮތަކަށް ކުނި މެނޭޖްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ އއ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެއްޓެވި މަޝްރޫޢެކެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އަގަކީ 1.06 މިލިއަން ރުފިޔާއެވެ. މި މަޝްރޫޢު 6 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި ކުނި މެނޭޖުކުރާ މަރުކަޒު މަރާމާތުކުރުމާއި، ނުރައްކާތެރި ކުނި ރައްކާކުރާނެ ތަނެއް ހެދުމާއި، ވެއަރހައުސްއެއް ބިނާކުރުމާއި، ލޭންޑްސްކޭޕިންގގެ މަސައްކަތްތަކާއި މިހާރު ހުރި ބައުންޑަރީ ފެންސް މަރާމާތުކުރުން ހިމެނެއެވެ.

މިއަދު އޮންލައިން