ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމައި ޗުއްޓީއަށް ގޮސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމައި ޗުއްޓީއަށް ގޮސްފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތްތައް ނިމުމަކަށް އައިސް، މަޖިލިސް ވަނީ ޗުއްޓީއަކަށް ގޮސްފައެވެ. 

މަޖިލީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ދައުރުގައި ޖުމްލަ 27 ޖަލްސާ ބޭއްވިފައިވެއެވެ. މި ޖަލްސާތަކުގައި ޖުމްލަ 46 ގަޑިއިރުގެ މަސައްކަތް ކުރެވިފައިވާކަމަށް މަޖިލީހުން ވަނީ ހާމަކޮށްފައެވެ.

މަޖިލީހުގެ ތަޅުމުގައި ކުރެވުނު މަސައްކަތްތަކުގެ އިތުރުން، ކޮމިޓީތަކުގެ މަސައްކަތްތައްވެސް މި ދައުރުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ދެވަނަ ދައުރުގެ ތެރޭގައި 127 ކޮމިޓީ ބައްދަލުވުން ބޭއްވިފައިވާއިރު، މި ބައްދަލުވުންތަކުގައި 91 ގަޑިއިރާއި 29 މިނެޓުގެ މަސައްކަތް ކުރެވިފައިވާކަން މަޖިލީހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެއިތުރުން، މި ދައުރުގައި މަޖިލީހުގައި ނުނިމިހުރި ގިނަ މަސައްކަތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ދެވަނަ ދައުރު ނިމުނުއިރު 24 ބިލެއްގެ މަސައްކަތް މަޖިލީހުން ކުރިއަށް ގެންގޮސްފައިވާއިރު، އޭގެ ތެރެއިން 7 ބިލެއްގެ މަސައްކަތް ވަނީ ފުރިހަމައަށް ނިންމާފައެވެ.

މި ދައުރުގެ ފަހު ޖަލްސާ ބޭއްވިފައިވަނީ އަންގާރަ ދުވަހުއެވެ. މަޖިލީހުގެ ތިންވަނަ ދައުރުގެ މަސައްކަތްތައް އަލުން ފެށުމަށް ހަމަޖެހިފައިވަނީ ޤާނޫނުގައިވާ ގޮތުގެ މަތިން ކަނޑައެޅިފައިވާ މުއްދަތުގައެވެ.

މިއަދު އޮންލައިން