އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން މިއަދު ވަނީ "މެގަ ސޭލް ޕްރޮމޯޝަން" ގެ ނަމުގައި ބޮޑު ޕްރޮމޯޝަނެއް ތަޢާރަފުކޮށްފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް %35 އާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
އެސްޓީއޯއިން ބުނާ ގޮތުގައި މި ޕްރޮމޯޝަންގެ ދަށުން ތަފާތު 2 ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން އެއް ކެމްޕެއިންގައި، 500 ރުފިޔާއަށް ވުރެ މަތިން ޚަރަދުކުރާ ކޮންމެ ކަސްޓަމަރަކަށް ޚާއްޞަ ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ލަކީ ޑްރޯގައި ހޮވޭ ތިން ނަސީބުވެރިންނަށް އަގުހުރި އިނާމުތަކެއް ލިބިގެންދާނެއެވެ. އެގޮތުން، އެންމެ މަތީ އިނާމުގެ ގޮތުގައި ފިލިޕްސް 50 އިންޗީގެ ޓީވީއަކާއި، ހިޓާޗީ މައިކްރޯވޭވް އަދި ހިޓާޗީ ބްރޭންޑްގެ އައިސް އަލަމާރިއެއް ހިމެނެއެވެ. ދެވަނައަށް ހޮވޭ ފަރާތަށް ހިޓާޗީ ވޯޓަރ ޑިސްޕެންސަރ، ދޮންނަ މެޝިން އަދި ފަންކާއެއް ލިބިގެންދާނެއެވެ. އަދި ތިންވަނަ އިނާމުގެ ގޮތުގައި ހިޓާޗީ ޑިޝް ވޮޝަރ އަދި ރައިސް ކުކަރެއް ހިމެނެއެވެ.
މީގެއިތުރުން، ސޯޝަލް މީޑިއާގައިވެސް ޚާއްޞަ ކެމްޕެއިންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސޯޝަލް މީޑިއާ ޕޭޖްތަކަށް ފޮލޯކޮށް، ޕްރޮމޯޝަނަލް ފޮޓޯތަކުގައި ފެންނަ ޕްރޮޑަކްޓްތައް ދިމާކުރާ ފަރާތްތަކަށް ހަފްތާއަކު އެއްފަހަރު ގިފްޓް ހެމްޕަރ ލިބުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި #stopeopleschoice ނުވަތަ #MegaSalePC ހޭޝްޓެގް ބޭނުންކޮށްގެން ޕްރޮޑަކްޓްތަކުގެ ފޮޓޯ އަޕްލޯޑްކުރާ ފަރާތްތަކަށް ފިލިޕްސް އެއަރ ފްރަޔަރ އެއް ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.