ރަސްދޫގެ މަގުހެދުމުގެ މަޝްރޫޢު އާރުޑީސީއާ ހަވާލުކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ
ރަސްދޫގެ މަގުހެދުމުގެ މަޝްރޫޢު އާރުޑީސީއާ ހަވާލުކޮށްފި

އއ. ރަސްދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅެއްގައި، ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

އެއްބަސްވުމުގައި އިމާރާތްކުރުމާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމް އެވެ.

މި މަޝްރޫޢުގެ ދަށުން ރަސްދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވި، ރަށުގެ މަގުތަކުގެ ވަށައިގެންވާ ސަރަހައްދު ތަރައްޤީކުރެވިގެންދާނެއެވެ. 

ރަސްދޫގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ރަށުގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރުކުރަމުން އައި މަޝްރޫޢެއް ކަމަށްވާއިރު، މި މަޝްރޫޢު ފެށުމާއެކު ރަށުގެ ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން