އުކުޅަހަށް ރައީސް ވަޑައިގެންނެވުމުން ހޫނުމަރުހަބާއެއް ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
އުކުޅަހަށް ރައީސް ވަޑައިގެންނެވުމުން ހޫނުމަރުހަބާއެއް ދަންނަވައިފި

އަރިއަތޮޅު އުތުރުބުރިއަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން މިއަދު އުކުޅަހަށް ވަޑައިގެންނެވުމުން، ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

އުކުޅަހަކީ ރައީސުލްޖުމްހޫރިއްޔާ އއ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ވަޑައިގަންނަވާ އަށްވަނަ ރަށެވެ. އަދި މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލްވެސް މެއެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން އުކުޅަހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އުކުޅަހުގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާ، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ވަނީ ހަމަޖެހިފައެވެ.

އަރިއަތޮޅު އުތުރުބުރިއަށް ރައީސް ކުރައްވާ މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުތަކުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގެ ތަރައްޤީއާއި ރައްޔިތުންގެ ބޭނުންތައް ދެނެގަތުމެވެ.

މިއަދު އޮންލައިން