ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން މިހާތަނަށް 500 އަށްވުރެ ގިނަ ޒުވާނުން ވަނީ ތަމްރީނުވެފަ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން މިހާތަނަށް 500 އަށްވުރެ ގިނަ ޒުވާނުން ވަނީ ތަމްރީނުވެފަ: ވަޒީރު

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން މިހާތަނަށް 500އަށްވުރެ ގިނަ ޒުވާނުން ތަމްރީނުކުރެވިފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި ޒުވާނުންނަށް ސެޓްފިކެޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ޒުވާނުން ބާރުވެރިކޮށް އެމީހުންގެ ބައިވެރިވުން އިތުރުކުރުމަކީ އެ ވުޒާރާގެ މެންޑޭޓުގައި ހިމެނޭ އެންމެ މުހިންމު އެއް ކަމެއް ކަމަށެވެ.

"ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު މަދުކޮށް އެ މަސައްކަތްތައް އިތުބާރާއެކު ކުރެވޭނެ ފެންވަރަށް ހުނަރުވެރި ދިވެހި ޒުވާނުން މަސައްކަތުގެ ބާޒާރަށް ނެރުމަކީ މި ޕްރޮގުރާމުގެ މަޤުސަދެއް،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ޕްރޮގްރާމުގެ ސަބަބުން ޒުވާނުންނަށް ހުނަރުވެރި ވަޒީފާތަކަށް އަހުލުވެރިވެ، ދިވެހި އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ތަފާތު ދާއިރާތަކުން ޒުވާނުންނަށް ތަމްރީނު ދެވެމުންދާކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން