އޮޕަރޭޝަން ކުރަނގީގެ ދަށުން 174،152 ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
އޮޕަރޭޝަން ކުރަނގީގެ ދަށުން 174،152 ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކޮށްފި

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހިންގަމުންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 174،152 ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު އެއްކޮށްފައިވާކަމަށް އެ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.

މި އޮޕަރޭޝަންގެ ދަށުން މާލެ ސަރަހައްދާއި، ސިނާޢީ މަސައްކަތްތައް ކުރާ ތަންތަނުގެ އިތުރުން ބައެއް ރިސޯޓުތަކުގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކުރެވިފައެވެ. މީގެ ތެރޭގައި ބިދޭސީންގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނެގުމުގެ މަސައްކަތް ހިމެނެއެވެ.

އޮޕަރޭޝަން ކުރަނގީގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައްވެސް މިހާރު ވަނީ ފެށިފައެވެ. މި ފިޔަވަހީގެ ދަށުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް ބިދޭސީންގެ މަޢުލޫމާތު ނެގޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި ރަނގަޅަށް ވަޒީފާ އަދާކުރާ ބިދޭސީންނަށް ޤަވާއިދުގެ ތެރެއަށް ވަނުމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.

މީގެއިތުރުން، ބިދޭސީން ރާއްޖެ ގެނައުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެކަން ރެގިއުލޭޓްކުރެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްވެސް މި އޮޕަރޭޝަންގެ ދަށުން ކުރިއަށްދާނެއެވެ. މި މަސައްކަތްތަކަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ހަރުދަނާ ޑޭޓާބޭސްއެއް އެކުލަވާލުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި އޮޕަރޭޝަންގެ ދަށުން ބިދޭސީންގެ ބައޯމެޓްރިކްސް މަޢުލޫމާތު ނަގަން ފަށާފައިވަނީ 2024 މޭ 2 ވަނަ ދުވަހުއެވެ. މި މަސައްކަތަކީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ހަރުދަނާ މަޢުލޫމާތު ބޭސްއެއް އެކުލަވާލުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން