އެމް.އެން.ޔޫ އިން ޕީ.އެޗް.ޑީ ދެ ކޯހަކަށް އިޢުލާން ކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
އެމް.އެން.ޔޫ އިން ޕީ.އެޗް.ޑީ ދެ ކޯހަކަށް އިޢުލާން ކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިސްލާމިކް ސްޓަޑީޒް އަދި އިސްލާމިކް ޝަރީޢާގެ ދާއިރާއިން ޕީ.އެޗް.ޑީ ފެންވަރުގެ ދެ ކޯހަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޔުނިވަރސިޓީން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުން، މި ދެ ކޯހަށް އެދި ހުށަހެޅުމުގެ ފުރުޞަތު 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު 30 ވާ އަންގާރަ ދުވަހުގެ 14:00 އާ ހަމައަށް ހުޅުވާލެވިފައިވެއެވެ. ކޯސްތަކަށް ކުރިމަތިލެވޭނީ ޔުނިވަރސިޓީގެ ޕޯޓަލް portal.mnu.edu.mv މެދުވެރިކޮށް އޮންލައިންކޮށެވެ.

ކޯހަށް ކުރިމަތިލާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ހުށަހަޅަންޖެހޭނެއެވެ. މި ލިޔުންތައް ތައްޔާރުކުރުމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނާ ގުޅުމަށް ޔުނިވަރސިޓީން އަންގާފައިވެއެވެ.

ކޯހާ ގުޅޭ އިތުރު މަޢުލޫމާތު ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެ ކަމަށާއި، އިތުރު މަޢުލޫމާތު ސާފުކުރުމަށް 1445 ނަންބަރު ފޯނަށް ގުޅުމަށް ނުވަތަ [email protected] އަށް މެއިލް ކުރުމަށް ވެސް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

https://www.gazette.gov.mv/iulaan/356176

 

މިއަދު އޮންލައިން