ކ. ކާށިދޫ ޞިއްޙީމަރުކަޒު ގައި އަލަށް ހަދާ ޢިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް އަބުދުﷲ އަދި ހަވާލުކުރެއްވި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ(ރޓ) އަޙްމަދު ސަޢުދީއެވެ
އަރިހުގައި ދާއިރާގެ އިއްޒަތްތެރި މެމްބަރު އަރިހުގައި ޢަބްދުﷲ ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.
240 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަސައްކަތުގެ އަގަކީ 7.1 މިލިއަން ރުފިޔާއެވެ.
މި ޕްރޮޖެކްޓްގެ ދަށުން ސްކޯޕް: ވޯޑް، ނާސް ސްޓޭޝަން، ލެބޯޓްރީ، ޕްރޮސީޖަރ ރޫމް، ޕްރައިވެޓް ރޫމް އަދި ގަރާޖުގެ އިތުރުން ގުދަން އިތުރުކުރެވިގެންދާނެއެވެ.
ހަބަރު: ސަރުކާރު