ޚާރިޖީ ވަޒީރުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު އިންޑިއާއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ޚާރިޖީ ވަޒީރުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު އިންޑިއާއަށް!

ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު އިންޑިއާއަށް ކުރައްވަން ހަމަޖެހިއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާހިދު އިންޑިއާއަށް ވަޑައިގަންނަވާނީ މިމަހުގެ 26 ވަނަދުވަހުއެވެ. ޝާހިދުގެ މިދަތުރުފުޅުގައި ދިވެހިން އިންޑިއާއަށް ދިއުމަށާއި އިންޑިއާގައި ތިބުމަށް ބޭނުންވާ ވިސާ ލިބުމުގައި މިހާރަށްވުރެ ލުއި ފަސޭހަ ގޮތްތައް ހޯއްދަވަން މަޝްވަރާ ކުރައްވާނެއެވެ.

ޝާހިދާއި ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ އިންޑިއާއަކީ ރާއްޖެއާއި ސަރަހައްދީ ގޮތުން އެންމެ ކައިރީގައި އޮތް ޤައުމުކަމަށްވުމުން ރާއްޖޭގެ ސަލާމަތާއި ރައްކައުތެރިކަމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވޭނީ އިންޑިއާ އަށެވެ.

މާޒީގައިވެސް އިންޑިއާއަކީ ތަފާތު ދާއިރާތަކުން ރާއްޖެއަށް އެހީޓެރިކަން ފޯރުކޮށްދީފައިވާ ޤައުމެއްކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވެފައިވަނީ އިޖުތިމާޢީ، އިޤްތިޞާދީ އަދި މީހުން ބިނާ ކުރުމުގެ ދާއިރާތަކުން އިންޑިއާގެ އެހީތެރިކަން ރާއްޖެއަށް ލިބުން އިތުރުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މިއަދު އޮންލައިން