ތަނަވަސް މީހެއްގެ ކައިވެންޏަށް ރުހެން ފަޤީރު އަންހެނަކު ކުރި އެންމެ ޝަރުޠުގެ ސަބަބުން މައިދައިތައަށް ރޮވި، ވަޤުތުތުން ރުހި ކައިވެނިކުރެވި އުފާވެރި ދިރިއުޅުމެއް ލިބުނު ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ތަނަވަސް މީހެއްގެ ކައިވެންޏަށް ރުހެން ފަޤީރު އަންހެނަކު ކުރި އެންމެ ޝަރުޠުގެ ސަބަބުން މައިދައިތައަށް ރޮވި، ވަޤުތުތުން ރުހި ކައިވެނިކުރެވި އުފާވެރި ދިރިއުޅުމެއް ލިބުނު ސަބަބު-

ފިރިހެން މީހާއަކީ ތަނަވަސް މަންމައެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. ބައްޕަވަނީ ނިޔާވެފައެވެ. އަންހެން ކުއްޖާއަކީ އަޅައިލާނެ އެކަކުވެސް ވަރަށް ނިކަމެތި ކުއްޖެކެވެ. އެދެމީހުން ލޯބިވެގެން އެތައް ދުވަހަކު އުޅެފައި ކައިވެނިކުރަން ނިންމައި ޒުވާނާގެ މަންމަގެ ރުހުން ހޯދަން ގެއަށް ގެންދިއަ ދުވަހެވެ.  

އަނަހެންކުއްޖާ ބުންޏެވެ. "އަހުރެންގެ އޮތީ ހަމަ އެންމެ ޝަރުޠެކެވެ."  

މަންމަ ބުންޏެވެ. "އެއީ ޑައުރީ، ގެދޮރު، ރަން މިހެން ގޮސް ކޮންމެ ކަމެއް ނަމަވެސް މައްސަލައެއް ނެތެވެ. ބޭނުންވަނީ ދަރިފުޅަށް އުފާވެރިކަން ހޯދައިދޭށެވެ." 

އަންހެން ކުއްޖާ ބުންޏެވެ. "މަންމަ ތިއަ ބުނި އެއްވެސް ކަމެއް އަޅުގަނޑު ބޭނުމެއް ނޫނެވެ. އަޅުގަނޑުގެ އޮތީ އެންމެ ބޭނުމެކެވެ. އެއީ މަންމައާއި ބައްޕައާއިވެސް ނުލައި އަޅުގަނޑު ގެންގުޅެ މިވަރުކުރި އަޅުގަނޑުގެ ބޮޑު ދައިތަ އަޅުގަނޑު އުޅޭތަނެއްގަ ގެންގުޅެން ހުއްދަ ދިނުން. ބޮޑުދައިތަ ވަރަށް ބަލި. ބަލާނެ އެކަކުވެސް ނެތް! ބަރުދަނަށް ރަން ލިބުނަސް ބޮޑު ދައިތަ ދޫކޮށްލާކަށް ނުކެރޭނެ. ހަމައެކަނި އެކަމަށް ޤަބޫލުނުނަމަ އިތުރު އެއްވެސް ކަމެއް ބޭނުމެއް ނޫން. މިރޭވެސް ކައިވެނިކުރަންވީ!"  

މަންމައަށް އުފަލުން ރޮވުނެވެ. ބުންޏެވެ. "ދަރިފުޅާއެވެ. ތިއަ ކަމަކަށް އެއްވެސް ހުރަހެއް ނެތެވެ. ކައިވެނިކޮށް ދަރިފުޅާއިއެކު ގެންނަންވީއެވެ. އުޚުތަކު ބަލާފަދައިން ބަލައިދޭނަމެވެ. އެހީތެރިވާނަމެވެ. އަދި ބޮޑު ދައިތަ ދެކެ ލޯބި ތިއަވާވަރަށް މަންމަ ދެކެވެސް ލޯބިވެދޭނެ ކަމަށް ހީކުރަމެވެ."  

އެކައިވެނި ކުރެވުނެވެ. އުފާވެރި ދިރިއުޅުމެއް ލިބުނެވެ.  

މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް ގެންނަން ބޭނުންވީ ލޯބިވެރިޔާ ގެއްލިދާނެ ކަމުގެ ބިރަށް އެމީހަކު އުފުލަންޖެހޭ ޒިންމާގެ ވާހަކަ ލޯބިވެރިޔާ އާއި ޢާއިލާގެ ގާތުގައި ބުނަން ފަސްޖެހޭ އަންހެނުންނަށް ފިލާވަޅަކަށެވެ. އަހުރެން ބުނާނީ އެވާހަކަ ދައްކާށެވެ. ލޯބިވެރިޔާ ވަނީ ޙަޤީޤީ ލޯބިނަމަ ދެކޮޅެއް ނުހަދާނެއެވެ. ދެކޮޅު ހަދައިފިނަމަ އެއީ ޙަޤީޤީ ލޯބިވާ މީހެއް ނޫނެވެ. ކިތަންމެ ތަނަވަސް ނަމަވެސް އެމީހަކާއި ވަކިވުމުން ކުރާނެ ފައިދާ މާބޮޑުވާނެއެވެ. އިން ޝާ ﷲ  

- މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން