މާލޭ އުތުރު ފަރާތު ފަޅު ބަންދުކުރުމުން، އެ ސަރަހައްދު ބޭނުންކުރަމުން އައި އުޅަނދުތަކަށް ދެ ސަރަހައްދެއް ހަމަޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
މާލޭ އުތުރު ފަރާތު ފަޅު ބަންދުކުރުމުން، އެ ސަރަހައްދު ބޭނުންކުރަމުން އައި އުޅަނދުތަކަށް ދެ ސަރަހައްދެއް ހަމަޖައްސައިފި

މާލޭ އުތުރު ފަރާތުން ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފެށުމާ ގުޅިގެން އެ ސަރަހައްދުގެ ފަޅު ބަންދުކުރުމުން، އެ ސަރަހައްދު ބޭނުންކުރަމުން އައި އުޅަނދުތަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދެ ސަރަހައްދެއް ހަމަޖައްސައިފިއެވެ.

އެމްޕީއެލްއިން މިކަން ހަމަޖެއްސުމުގައި ބުނެފައިވަނީ، މާލޭ އުތުރު ފަރާތުގެ ލޯކަލް މާރުކޭޓުގެ އިރުމަތީ ތޮއްޓާއި އެއްގަމުތޮށި މަރާމާތުގެ މަސައްކަތް ކުރިއަށްދާތީ، އެ ސަރަހައްދުން ޚިދުމަތް ހޯދަމުންދިޔަ ދުވަހު ފެރީތަކަށް މެދުކެނޑުމެއްނެތި ޚިދުމަތް ދިނުމަށްޓަކައި ކަމަށެވެ.

އެމްޕީއެލްއިން ހާމަކުރި ގޮތުގައި، އުތުރު ފަރާތުގެ ތޮށިތައް މަރާމާތުކުރުމުގެ މަސައްކަތް ނިމެންދެން، މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އެމްޕީއެލްގެ ނޯތު ހާބަރާއި ޓީ ޖެޓީ ސަރަހައްދުން މި ޚިދުމަތް ލިބެން ހުންނާނެއެވެ.

އަދި އެމްޕީއެލްއިން އިތުރަށް ހާމަކުރި ގޮތުގައި، ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މަރާމާތުގެ މަސައްކަތްތައް ނިމުމުން، މި ދެ ބަނދަރުން ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.

މި މަސައްކަތަކީ މާލޭގެ މައި މަގުތައް ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށްވާއިރު، މި މަސައްކަތް ނިމުމުން އެ ސަރަހައްދުގެ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން