ޚާރިޖީ ވުޒާރާގެ މުވައްޒަފަކު ޖަޕާނުގައި ނިޔާވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 51ސ
ޚާރިޖީ ވުޒާރާގެ މުވައްޒަފަކު ޖަޕާނުގައި ނިޔާވެއްޖެ

މަތީ ތަޢުލީމު ޙާސިލުކުރުމަށް ޖަޕާނުގައި ދިރިއުޅެމުންދިޔަ ޚާރިޖީ ވުޒާރާގެ މުވައްޒަފެއް ކަމުގައިވާ ބ. ތުޅާދޫ އަށް އުފަން ލުޖައިނާ ތަސްނީމް ނިޔާވެއްޖެއެވެ.

ޚާރިޖީ ވުޒާރާއިން މިކަން ހާމަކުރެއްވީ އިއްޔެ ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ވިދާޅުވެފައިވާ ގޮތުގައި، ލުޖައިނާ ޖަޕާނުގައި ކިޔަވަމުން ގެންދިޔައީ މާސްޓަރސް އޮފް އާޓްސް އިން އިންޓަރނޭޝަނަލް ރިލޭޝަންސް ކޯހެކެވެ.

ލުޖައިނާއަކީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޚާރިޖީ ވުޒާރާއާ ގުޅިވަޑައިގެންނެވި މުވައްޒަފެކެވެ. "މަސައްކަތަށް ފަރުވާތެރި، އޯގާވެރި އަދި ހިތްހެޔޮ މުވައްޒަފެއް" ގެ ގޮތުގައި ވުޒާރާއިން ލުޖައިނާ ސިފަކުރައްވައެވެ.

ދެ އަހަރު ކުރިން ސްކޮލަރޝިޕެއްގެ ދަށުން ޖަޕާނަށް ވަޑައިގެންނެވި ލުޖައިނާ، އެ ޤައުމުގައި މަޑުކުރައްވާފައި ހުންނެވީ އަންނަ އޮކްޓޯބަރު މަހު ގްރެޖުއޭޝަން ނިންމެވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށެވެ.

މަރުޙޫމާ ލުޖައިނާގެ ހަށިކޮޅު ރާއްޖެ ގެނައުމުގެ މަސައްކަތް މިވަގުތު އާއިލާއިން ދަނީ ކުރައްވަމުންނެވެ.

މިއަދު އޮންލައިން