ދިވެހިރާއްޖޭގެ ޤައުމީ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސެއިން މުހައްމަދު ލަތީފް ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ނައިބު ރައީސް ތަހުނިޔާ ފޮނުއްވާފައިވަނީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި އެމަނިކުފާނު ވަނީ ދިވެހި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާފައެވެ.
ޤައުމީ ދުވަހަކީ ދިވެހި ޤައުމިއްޔަތުގެ ރަމްޒެއްގެ ގޮތުގައި ފާހަގަކުރާ ދުވަހެކެވެ. މި ދުވަހަކީ ދިވެހިންގެ މިނިވަންކަމާއި، އިސްތިޤްލާލު ދަމަހައްޓައި، ދިވެހި ދައުލަތުގެ ސިޔާދަތު ރައްކާތެރިކުރުމަށް ކުރެވުނު މަސައްކަތްތައް ހަނދާންކޮށް، އެކަންކަމަށް ލިބިގަންނަ ދުވަހެކެވެ.