އުރީދޫ މޯލްޑިވްސް އަށް މިއަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވިޔަފާރި ކުރިއެރުވުމުގެ ދާއިރާއިން ލިބިފައިވާއިރު، މިއީ މި އަހަރު މި އެވޯޑް ހާސިލްކުރި ހަމައެކަނި ކުންފުންޏެވެ. ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. ކެލާގައި ބޭއްވެވި ރަސްމީ ޖަލްސާގައި މި އިނާމު ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. އަދި ކުންފުނީގެ ފަރާތުން އިނާމާ ހަވާލުވެލެއްވީ ބަލައިގަތީ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީ އެވެ.
މި އަގު ވަޒަންކުރުމުގެ ސަބަބުން ރާއްޖޭގެ ކުރިއެރުމުގައި އުރީދޫ މަސައަކަތް ކުރަމުން މިދިޔަ 20 އަހަރުގެ ދިގު ހިއްސާ ފާހަގަކޮށްލެވެއެވެ. އުރީދޫއިން ވަނީ ޓެލެކޮމިއުނިކޭޝަން، ޑިޖިޓަލް ހިދުމަތްތަކާއި، މުޖުތަމައުތައް ބާރުވެރިކޮށް، ގައުމީ ތަރައްގީ ހަލުވިކޮށް، އިނޮވޭޓިވް ސޮލިއުޝަންތައް އުފައްދައިފަ އެވެ. 2005 ވަނަ އަހަރު ވަތަނިއްޔާގެ ނަމުގައި ފެށި މޮބައިލް އޮޕަރޭޓަރެއްގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ހިދުމަތް ދޭ ކުންފުންޏަކަށް ބަދަލުވެ، ކަނެކްޓިވިޓީ، ފިންޓެކް، އީ-ކޮމާސް އަދި 5ޖީ ޓެކްނޮލޮޖީގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފަ އެވެ.
މިކާމިޔާބީއާ މެދު އުރީދޫގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޚާލިދު އަލް ޙަމާދީ ވިދާޅުވީ މިފަދަ ތާރީޚީ މުނާސަބަތެއްގައި ޤައުމީ އިނާމު އުރީދޫ މޯލްޑިވްސްއަށް ލިބުމަކީ އުރީދޫ މޯލްޑިވްސްއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. މިކަމުން ދައްކުވައިދެނީ މުވައްޒަފުންގެ އަޒުމާއި، ކަސްޓަމަރުންގެ އިތުބާރާއި، ދިވެހި ރައްޔިތުންނަށް މަންފާއާ ލާބައަށް އަޅުގަނޑުމެން ދެމުންދާ އަހައްމިއްޔަތުކަން. ހަގީގީ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް މަސައްކަތް ކުރާއިރު އިނޮވޭޝަނާއި އިންކްލޫސިވިޓީ ޕްރޮމޯޓް ކުރުމުގައި ދެމިތިބޭނަން."
މިއަދު އުރީދޫ މޯލްޑިވްސްއަކީ ޑިޖިޓަލް އެމްޕަވަރމަންޓް އެންޑް އިނޮވޭޝަން ތަމްސީލުކުރާ، މުޅި ރާއްޖޭގެ އާބާދީގެ 80% އަށް 5ޖީ ފޯރުކޮށްދީ، އޭއައި ހިދުމަތްތަކާއި، ފައިނޭންޝަލް ޓެކްނޮލޮޖީ ސޮލިއުޝަންތަކާއި، އުރީދޫ ފަން ރަން، މަސްރޭސް، އަދި ގްރޯ ވިތް އުރީދޫ ފަދަ މުޖުތަމައުގެ ފާހަގަކޮށްލެވޭ ހަރަކާތްތައް ހިމެނޭ، ދިރިއުޅުން ކުރިއެރުވުމަށާއި ވަކި ވަކި ފަރުދުންނާއި މުޖުތަމައު ކުރިއެރުމަށް މަސައްކަތް ކުރާކުންފުންޏެކެވެ.
އުރީދޫ މޯލްޑިވްސް
އުރީދޫ ގްރޫޕްގައި ހިމެނޭ އުރީދޫ މޯލްޑިވްސް އަކީ 2005 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި އިސްކޮށް ހަރަކާތްތެރިވާ ކުންފުންޏެކެވެ. އެންމެ ފުރަތަމަ ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސްގެ ނަމުން ނަން ދީފައިވާ މި ކުންފުންޏަކީ މޮބައިލް އޮޕަރޭޓަރެއްގެ ބަދަލުގައި ފުލް ސްކޭލް ޑިޖިޓަލް ހިދުމަތް ދޭ ކުންފުންޏަކަށް ބަދަލުވެ، ކަނެކްޓިވިޓީ، ފިންޓެކް، އީ-ކޮމާސް އަދި ކްލައުޑް ގެ ހިދުމަތުގައި އިނޮވޭޓިވް ސޮލިއުޝަންތައް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.
ވޭތުވެދިޔަ އަހަރުތަކުގައި އުރީދޫއިން ވަނީ ރާއްޖޭގެ ފުރަތަމަ ބައިނަލްއަގްވާމީ ސަބްސީ ކޭބަލް އާއި 3ޖީ، 4ޖީ ޕްލަސް އަދި މުޅި ރާއްޖޭގެ 80%އަށް 5ޖީ ނެޓްވޯކް ތައާރަފްކުރުމުގެ އިތުރުން ސުޕަނެޓް ބްރޯޑްބޭންޑް އަދި އެމް-ފައިސާ ޑިޖިޓަލް ވޮލެޓް ފަދަ މުހިންމު ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ. މީގެ އިތުރުން އެ ކުންފުނިން ވަނީ ރާއްޖޭގެ ފުރަތަމަ ޓެލެކޮމް ޑްރައިވް އީ-ކޮމާސް ޕްލެޓްފޯމް ކަމަށްވާ މޫލީ ތައާރަފްކޮށް، ޑިޖިޓަލް މޯލްޑިވްސްއެއް ކުރިއެރުވުމަށް ސަބްމެރިން ކޭބަލްތަކާއި ޓަޔަރ 3 ރެޑީ ޑޭޓާ ސެންޓަރުތަކާއި އޭއައި ހިދުމަތްތަކަށް އިންވެސްޓްކުރަމުންނެވެ.
ޓެކްނޮލޮޖީގެ ބޭރުން އުރީދޫއިން އުރީދޫ ފަން ރަން، މަސްރޭސް އަދި ގްރޯވިތް އުރީދޫ ފަދަ މުހިންމު މަސައްކަތްތައް މެދުވެރިކޮށް މުޖުތަމައުތައް ހަރުދަނާކޮށް ކުރިއަރުވައި، ދިވެހިންނަށް އާ ފުރުސަތުތައް ފަހިކޮށްދެ އެވެ. މިހާރު އުރީދޫ މޯލްޑިވްސް ތަމްސީލުކުރަނީ ދިރިއުޅުން ކުރިއެރުވުމަށާއި ގައުމީ ތަރައްގީ ކުރިއެރުވުމަށް ހާއްސަ އިނޮވޭޝަން، އިންކްލޫސިވިޓީއަށޤ ބާރުދޭ ކުންފުންޏެއްގެ ގޮތުގައެވެ.