ފިނޭއިން ރައީސްއަށް ހޫނު މަރުހަބާއެއް ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ފިނޭއިން ރައީސްއަށް ހޫނު މަރުހަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު ހދ. ފިނޭއަށް މިއަދު ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ރައީސް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް އެއްވެފައެވެ.

މިއީ ހދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި ދެވަނަ ރަށެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ ފިނޭގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގައި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެދޭ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި ފިނޭގައި ޤާއިމްކުރެވޭ ބީއެމްއެލްގެ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތާއި، ފިޓްނެސް އެންޑް ރެކްރިއޭޝަނަލް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައިވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރަށުގެ ރައްޔިތުންނާ ސީދާ ބައްދަލުކުރައްވާ، އެ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށްވެސް މި ދަތުރުފުޅުގައި ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި އެކަންކަމަށް ހައްލު ހޯދުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރެވޭނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން