ނައިވާދޫގައި އަލަށް ގާއިމުކުރާ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ނައިވާދޫގައި އަލަށް ގާއިމުކުރާ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

ހދ. ނައިވާދޫގައި އަލަށް ގާއިމުކުރާ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ.

މި މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު އަދި އެރަށު ކައުންސިލުގެ ރައީސް އަލީ ރަޝީދު މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކުރައްވައިގެން ކުރިއަށް ގެންދަވާ މަޝްރޫޢެކެވެ.

މި ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުގައި އިންޑޯ ކުޅިވަރުތަކާއި، ބޯޑް ގޭމްތަކުގެ އިތުރުން ދެ ޖިންސަށް ޚާއްސަކުރެވިފައިވާ އެރޮބިކްސް ސްޓޫޑިއޯއެއް ހިމެނޭނެއެވެ. މީގެއިތުރުން، ކުޅިވަރާ ގުޅުންހުރި ކޯސްތަކުގެ ތިއަރީ ކްލާސްތައް ހިންގުމަށް ވަކި ކްލާސްރޫމަކާއި މީޓިންގ ރޫމެއްވެސް މި ސެންޓަރުގައި ހިމެނޭނެއެވެ. އަދި އިދާރީ ބޭނުންތަކަށް ޚާއްސަ އޮފީހެއްވެސް މި ސެންޓަރުގައި ޤާއިމުކުރެވޭނެއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ރާއްޖޭގެ ރަށްތަކުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫޢުތައް ވަނީ އެމްޓީސީސީ، ފެނަކަ، އާރްޑީސީ އަދި އެމްއޭސީއެލްއާ ހަވާލުކުރެވިފައެވެ.

މިއަދު އޮންލައިން