ނެއްލައިދޫ އައު މިސްކިތުގެ ބިންގާ އަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ނެއްލައިދޫ އައު މިސްކިތުގެ ބިންގާ އަޅައިފި

ހދ. ނެއްލައިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ މިއަދު އަޅައިފިއެވެ. މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ދައުލަތުގެ އިސް ވަޒީރުން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ނެއްލައިދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ 500 މީހުންނަށް އެއްފަހަރާ އަޅުކަން ކުރެވޭ ވަރުގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތް ފަރުމާކުރެވިފައިވަނީ ޒަމާނީ ވަސީލަތްތަކާއެކު ކަމަށްވާއިރު، މިސްކިތުގައި ސޯލާ ސިސްޓަމާއި އެއަރކަންޑިޝަނިންގ ސިސްޓަމް ހިމެނޭނެއެވެ.

މީގެ އިތުރުން މި މިސްކިތުގައި ލައިބްރަރީއަކާއި ކުލާސްރޫމެއް ވެސް ހިމެނޭނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިއީ ރަށުގެ ރައްޔިތުންނަށް ދީނީ ތަޢުލީމު އުނގެނުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައި ފާހަގަކުރެވެއެވެ.

މި މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ނިމި، ރައްޔިތުންގެ ބޭނުމަށް ހުޅުވޭނެ ތާރީޚެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

މިއަދު އޮންލައިން