4،000 ފްލެޓް ހިމެނޭ ސަރަހައްދުގައި ފުރަތަމަ ބަސް ސްޓޮޕް ހަދައި ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
4،000 ފްލެޓް ހިމެނޭ ސަރަހައްދުގައި ފުރަތަމަ ބަސް ސްޓޮޕް ހަދައި ނިންމާލައިފި

ހުޅުމާލޭގައި ހަދަމުންދާ 4،000 ފްލެޓް ހިމެނޭ ސަރަހައްދުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ފަސް ބަސް ސްޓޮޕްގެ ތެރެއިން ފުރަތަމަ ބަސް ސްޓޮޕްގެ މަސައްކަތް ނިންމާލައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިކަން އިއުލާންކުރަމުން ބުނެފައިވަނީ، ފްލެޓްތަކަށް ރައްޔިތުން ބަދަލުވާން ފެށުމުގެ ކުރިން، އެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެޗްޑީސީން ފާހަގަކުރި ގޮތުގައި، މި ސަރަހައްދުގައި ޤާއިމްކުރާ ފަސް ބަސް ސްޓޮޕްގެ މަސައްކަތް ދަނީ ބާރު ސްޕީޑެއްގައި ކުރިއަށެވެ. މިއީ އެ ސަރަހައްދަށް ބަދަލުވާ ރައްޔިތުންނަށް ދަތުރުފަތުރުގެ ޚިދުމަތް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަދައިދިނުމަށް ކުރެވޭ މަސައްކަތެކެވެ.

4،000 ހައުސިންގ ޔުނިޓްގެ މަޝްރޫއަކީ ސަރުކާރުން ހުޅުމާލޭގައި ކުރިއަށްގެންދާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން ގިނަ އަދަދެއްގެ ރައްޔިތުން އެ ސަރަހައްދަށް ބަދަލުވުމަށް ހަމަޖެހިފައިވެއެވެ.

އެޗްޑީސީން ބުނެފައިވާ ގޮތުގައި، ބާކީ ހުރި ހަތަރު ބަސް ސްޓޮޕްގެ މަސައްކަތްވެސް އަވަހަށް ނިންމުމަށް އަމާޒުކޮށް މަސައްކަތް ކުރިއަށްދެއެވެ. އަދި މި ސަރަހައްދުގެ އެހެނިހެން އަސާސީ ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތްވެސް ދަނީ ހަލުވި ދުވެއްޔެއްގައި ކުރިއަށެވެ.

މިއަދު އޮންލައިން