މަރުވެފައި އޮތް މީހަކު ހުޅުމާލެ ވޯޓަރ ޕާކް ސަރަހައްދުން ފެނިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 41ސ
މަރުވެފައި އޮތް މީހަކު ހުޅުމާލެ ވޯޓަރ ޕާކް ސަރަހައްދުން ފެނިއްޖެ

ހުޅުމާލެ ވޯޓަރ ޕާކް ސަރަހައްދުގެ އަތިރިމަތިން މަރުވެފައި އޮތް ފިރިހެނެއްގެ ހަށިގަނޑެއް ފެނިގެން ފުލުހުން ވަނީ ތަހުގީގު ފަށައިފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މި މައްސަލަ ކަށަވަރުކޮށްދެއްވި ނަމަވެސް، މިވަގުތު އިތުރު ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮތް ފިރިހެނާގެ ހަށިގަނޑު ފެނިފައިވަނީ ވޯޓަރ ޕާކް ސަރަހައްދުގެ އަތިރިމަތިންނެވެ.

މި މައްސަލައިގައި ފުލުހުންގެ ތަހުގީގު ޓީމުތައް މިވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާއިރު، މައްސަލައިގެ ތަހުގީގަށް ބޭނުންވާ ހެކި ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.

ފުލުހުންގެ ފަރާތުން ވިދާޅުވި ގޮތުގައި މި މައްސަލައިގެ ތަހުގީގުން އިތުރު މައުލޫމާތު ލިބޭ ވަރަކުން އާންމުންނާ ހިއްސާ ކުރައްވަމުން ގެންދަވާނެކަމަށެވެ.

މިއަދު އޮންލައިން