ނޮޅިވަރަމު ކައުންސިލް އިދާރާގެ ބިންގާ އަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ނޮޅިވަރަމު ކައުންސިލް އިދާރާގެ ބިންގާ އަޅައިފި

ހދ.ނޮޅިވަރަމުގައި އިމާރާތްކުރާ އައު ކައުންސިލް އިދާރާގެ ބިންގާ މިއަދު އަޅައިފިއެވެ. ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.

މި ރަސްމިއްޔާތުގައި ވަޒީރުގެ އިތުރުން، އެރަށުގެ ކައުންސިލްގެ ރައީސާއި، މަޝްރޫޢުގެ މަސައްކަތް ޙަވާލުކުރެވިފައިވާ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް އަދި އާރުސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ނޮޅިވަރަމު ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަޝްރޫޢަކީ، މިހާރު ބޭނުންކުރަމުންދާ ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތަކުގެ ޢިމާރާތްތައް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޚާއްޞަ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ސަރުކާރުން މި މަޝްރޫޢުގެ ދަށުން އަމާޒު ކުރައްވާފައިވަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 100 އަށްވުރެ ގިނަ ރަށުގެ ކައުންސިލް އިދާރާގެ އައު ޢިމާރާތްތައް ތަރައްޤީކުރެއްވުމަށެވެ. މިއީ ރާއްޖޭގެ ރަށްރަށުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން