އަންނަ ބުދަ ދުވަހު ޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުން ބާއްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
އަންނަ ބުދަ ދުވަހު ޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުން ބާއްވަނީ

އަންނަ ބުދަ ދުވަހު ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނެފިއެވެ.

މި ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ ކޮން ބޭނުމެއްގައިކަން މަޖިލީހުގެ އިދާރާއިން އަދި ހާމަކުރައްވާފައެއް ނުވެއެވެ. އަދި ޖަލްސާގެ އެޖެންޑާ ފަހުން ހިއްސާކުރައްވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތްތައް ނިންމުމަށްފަހު މަޖިލިސް ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު ޗުއްޓީއަށް ގޮސްފައެވެ. މަޖިލީހުގެ ދެވަނަ ދައުރުގެ މަސައްކަތްތައް ނިމުނުއިރު ޖުމްލަ 27 ޖަލްސާ ބޭއްވިފައިވާކަމަށް މަޖިލީހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މަޖިލީހުގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި މި 27 ޖަލްސާގައި ޖުމްލަ 46 ގަޑިއިރުގެ މަސައްކަތް ވަނީ ކުރެވިފައެވެ. އަދި މިހާރު މަޖިލިސް ވަނީ ރަސްމީ ޗުއްޓީއަކަށް ގޮސްފައި ކަމަށްވާއިރު، އަންނަ ބުދަ ދުވަހުގެ ޖަލްސާއަކީ ދައުރުން ބޭރުން ބާއްވާ ޚާއްސަ ޖަލްސާއެކެވެ.

މިއަދު އޮންލައިން