ނޮޅިވަރަންފަރަށް ރައީސް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ނޮޅިވަރަންފަރަށް ރައީސް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ހދ. ނޮޅިވަރަންފަރަށް މިއަދު ކުރެއްވި ދަތުރުފުޅުގައި، އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި 7 ވަނަ ރަށެވެ. މި ދަތުރުފުޅުގައި ރައީސް، ނޮޅިވަރަންފަރު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ އެންމެ އިސް އެދުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، ރައީސް ނޮޅިވަރަންފަރު ސްކޫލްގެ އިސްވެރިންނާއި ރަށުގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާނެއެވެ. އަދި މި ދަތުރުފުޅުގައި ނޮޅިވަރަންފަރުގެ އުމްރާނީ ތަރައްޤީއާ ގުޅުންހުރި އެކި މަޝްރޫޢުތައް ފެއްޓެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ މި ދަތުރުފުޅަކީ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ދެނެގަތުމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަޑުއެއްސެވުމަށް ކުރައްވާ ދަތުރުފުޅެއްކަން ފާހަގަކުރެވެއެވެ. މި ދަތުރުފުޅުގައި ރަށުގެ ތަރައްޤީއަށް މުހިންމު ގިނަ ނިންމުންތަކެއް ނިންމަވާނެކަމަށް ރައްޔިތުން އުންމީދުކުރެއެވެ.

މިއަދު އޮންލައިން