ކ. ހުރާގައި ބޭއްވި އުރީދޫ މަސްރޭހުގެ ޗެމްޕިއަނަކަށް ޓީމް ބާކީ ހޯދައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ކ. ހުރާގައި ބޭއްވި އުރީދޫ މަސްރޭހުގެ ޗެމްޕިއަނަކަށް ޓީމް ބާކީ ހޯދައިފި

އުރީދޫ މޯލްޑިވްސްއިން މިމަހުގެ 22 ވަނަ ދުވަހު ކ.ހުރާގައި ކުރިއަށްގެންދިޔަ މަސްރޭސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މަސްރޭހުގައި ގްރޭޓަރ މާލެ ސަރަހައްދުން 19 ޓީމެއް ވާދަކުރިއެވެ. 

މިއަހަރުގެ އުރީދޫ މޯލްޑިވްސްގެ ކ.ހުރާގެ ޗެމްޕިއަންއަކަށް ހޮވުނު ޓީމް ބާކީ އަށް ލިބުނީ ޖުމްލަ 544.5 ޕޮއިންޓް ހޯދައި، 25،000 ރުފިޔާގެ ބޮޑު އިނާމެއް ހޯދައިގެންނެވެ. ދެ ވަނައިގައި 489.8 ޕޮއިންޓާ އެކު ޓީމް ނޮރަ 10،000 ރުފިޔާ ހޯދިއިރު ތިން ވަނަ ހޯދީ 370 ޕޮއިންޓާ އެކު ޓީމް އަނަންތަރާ އަށް 5،000 ރުފިޔާ ގެ ފައިސާގެ އިނާމާއެކުއެވެ. 

 ސްޕެޝަލް އެވޯޑްސް:

• އެންމެ ބަރު މަސް: ޓީމް އަނަންތަރާގެ މަލާޒް 20.6 ކިލޯގެ ފާނާ (8 ބާ).

• އެންމެ މޮޅު މަސްވެރިޔާ (ފިރިހެން) : 36 މަސް ބާނައިގެން ކްލަބް އެމްޓީސީސީގެ ޒިޔާދަށް ހައި ފިޝިން އިން ސްޕޮންސާކޮށްފައިވާ ޕީއައިއޯ އަލްޓިމޭޓް ސީ ސްޕިރިޓް/ގޭންގްސްޓާ (އެޗް/ޑީ) ދޮއްޓެއް ވަނީ ލިބިފަ އެވެ.

. އެންމެ މޮޅު މަސްވެރިޔާ (އަންހެން): 7 މަސް ބާނައިގެން ސްޓެލްކޯ ކަނބަލުންގެ އަމީނާއަށް ހައި ފިޝިންއިން ސްޕޮންސަރކޮށްފައިވާ ޕީއައިއޯ އަލްޓިމޭޓް ސީ ސްޕިރިޓް/ގޭންގްސްޓާރ (އެޗް/ޑީ) ދޮއްޓެއް ވަނީ ލިބިފައެވެ. 

އުރީދޫގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރުގެ މަސްރޭސް ކުރިއަށް ދަނީ ކ. ހުރާ އާއި ށ. ފުނަދޫ ގައެވެ. މިއަހަރު ކުރިއަށް މިދަނީ މަސްރޭސްގެ 16 ވަނަ އެޑިޝަން، އުރީދޫ މަސްރޭހަކީ ދިވެހި މުޖުތަމައުގައި މަގުބޫލުކަން ހޯދާފައިވާ އެއްބައިވަންތަކަމާއި ސަގާފަތާއި މަސްވެރިކަމަށް އޮތް ޝައުގުވެރިކަން ދައްކުވައިދޭ ރޭހެކެވެ. އުރީދޫ މޯލްޑިވްސް އިން ކ.ހުރާ މަސްރޭހުގެ ނަސީބުވެރިންނާއި ބައިވެރިންނަށް ހޫނު މަރުހަބާއެއް ކިޔަމެވެ..

މިއަދު އޮންލައިން