ހދ. ނޮޅިވަރަންފަރުގައި ސަރުކާރުން ތަރައްޤީކޮށްފައިވާ 100 ހައުސިން ޔުނިޓް މިއަދު ރަސްމީކޮށް އެރަށު ކައުންސިލާ ހަވާލުކޮށްފިއެވެ.
100 ހައުސިން ޔުނިޓްތައް ރަސްމީކޮށް ހަވާލުކުރުމުގެ ލިޔުން ކައުންސިލާ ހަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މިކަން ކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
2022 ވަނަ އަހަރު ނިމިފައިވާ މި މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ 100 ހައުސިން ޔުނިޓަކީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢުއެކެވެ.
ނޮޅިވަރަންފަރުގައި މި ހައުސިން ޔުނިޓްތައް ތަރައްޤީކުރުމަކީ އެރަށުގެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ޙައްލެއް ލިބިގެންދާނެ ކަމެއް ކަމުގައި ބެލެވެއެވެ.