ބަންޑާރަނައިބުގެ އޮފީހުގެ އަލިމަސް ޔޫބީލްގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 51ސ
ބަންޑާރަނައިބުގެ އޮފީހުގެ އަލިމަސް ޔޫބީލްގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ދަންނަވައިފި

ދައުލަތުގެ ބަންޑާރަނައިބުގެ އޮފީހުގެ 75 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާގެ މެސެޖެއް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވި މެސެޖުގައި، މި ވޭތުވެދިޔަ 75 އަހަރު ބަންޑާރަނައިބުގެ އޮފީހުގައި މަސައްކަތްކުރައްވާފައިވާ އެންމެހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި އެ ބޭފުޅުންގެ އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވާފައިވެއެވެ.

ވަކިން ޚާއްޞަކޮށް، މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ބަންޑާރަނައިބުންގެ މަޤާމުގައި ޚިދުމަތްކުރައްވާފައިވާ އެންމެހާ ބޭފުޅުންނަށް ޚާއްޞަ އިޙްތިރާމާއި ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި އެ ބޭފުޅުންގެ އަގު ވަޒަންކުރައްވައި، ހެޔޮ އެދުންތައް ފާޅުކުރައްވާފައިވެއެވެ.

ބަންޑާރަނައިބުގެ އޮފީހަކީ ދިވެހި ދައުލަތުގެ ޤާނޫނީ ވަކީލުގެ ދައުރު އަދާކުރާ އެންމެ އިސް މުއައްސަސާއެވެ. މި އޮފީހުން ދައުލަތަށް ޤާނޫނީ ލަފާ ދިނުމާއި، ދައުލަތުގެ މަޞްލަޙަތު ޙިމާޔަތްކުރުމުގެ މަސައްކަތް ކުރަމުން އަންނަތާ މިހާރު 75 އަހަރު ވެފައިވެއެވެ.

 

މިއަދު އޮންލައިން