ޖާގައިގެ މައްސަލަ ހައްލުކުރުމަށް ނޮޅިވަރަންފަރުގައި އައު ސްކޫލެއް ތަރައްޤީކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
ޖާގައިގެ މައްސަލަ ހައްލުކުރުމަށް ނޮޅިވަރަންފަރުގައި އައު ސްކޫލެއް ތަރައްޤީކުރަނީ

ހދ. ނޮޅިވަރަންފަރުގައި ދިމާވެފައިވާ ސްކޫލުގެ ޖާގައިގެ މައްސަލަ ހައްލުކުރުމަށްޓަކައި، އެރަށުގައި އައު ސްކޫލެއް ތަރައްޤީކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެވުނު ރަސްމިއްޔާތުގައި، ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހުސައިން ސަޢީދު މުޙައްމަދެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ރައްޒާނެވެ.

މި އައު ސްކޫލް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ނޮޅިވަރަންފަރު ކައުންސިލުން ޚާއްޞަކޮށް ކަނޑައަޅާފައިވާ ބިމެއްގައި، އައު މަޝްރޫޢެއްގެ ގޮތުގައެވެ. މި މަޝްރޫޢުގެ ސަބަބުން ރަށުގެ ތަޢުލީމީ ދާއިރާއަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.

ނޮޅިވަރަންފަރުގައި މިހާރު ހުރި ސްކޫލުގައި ދަރިވަރުންގެ އަދަދު އިތުރުވެ، ޖާގައިގެ ދަތިކަން ބޮޑުވެފައިވާ ކަމަށް ރަށުގެ ރައްޔިތުން ފާހަގަކުރަމުން އައި މައްސަލައަށް މި މަޝްރޫޢުގެ ސަބަބުން ހައްލެއް ލިބިގެންދާނެއެވެ.

 

މިއަދު އޮންލައިން