ނޮޅިވަރަންފަރު ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އާރުޑީސީއާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ނޮޅިވަރަންފަރު ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އާރުޑީސީއާ ހަވާލުކޮށްފި

ނޮޅިވަރަންފަރު ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 11.4 މިލިއަން ރުފިޔާއަށް، އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

އާރުޑީސީއާ މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ނޮޅިވަރަންފަރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމްއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، "ސްޕެޝަލިސްޓް ބައެއް ޑޮކްޓަރުން އިތުރު ކުރުމާއި، އަދި އިތުރު މުވައްޒަފުން އިތުރު ކުރުން ފަދަ ކަންކަން ކުރިއަށް ގެންދަން ވަނީ ނިންމާފައި" ކަމަށެވެ. އަދި މި މަޝްރޫޢު ނިމެންދެން މަޑުނުކޮށް މިހާރުވެސް އިތުރު ކުރެވޭނެ ކަންތައްތައް ކުރިއަށް ގެންދާނެ ކަމަށާއި، އެ ކަންތައްތައް ކުރިއަށް އޮތްތަނުގައި ރައްޔިތުންނަށް ފެންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

 

މިއަދު އޮންލައިން