ނޮޅިވަރަންފަރުގައި ފުޓްބޯޅަ ދަނޑާއި، ސްޕޯޓްސް ކޮމްޕްލެކްސް ގާއިމު ކުރުމަށް އެމްއޭސީއެލް އާއި ހަވާޅުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ނޮޅިވަރަންފަރުގައި ފުޓްބޯޅަ ދަނޑާއި، ސްޕޯޓްސް ކޮމްޕްލެކްސް ގާއިމު ކުރުމަށް އެމްއޭސީއެލް އާއި ހަވާޅުކޮށްފި

ހދ. ނޮޅިވަރަންފަރުގައި ފުޓްބޯޅަ ދަނޑާއި، ސްޕޯޓްސް ކޮމްޕްލެކްސް ގާއިމު ކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ނޮޅިވަރަންފަރަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް އެވެ.

އިތުރު ތަފްސީލުތަކަށް ބަލާއިރު، ނޮޅިވަރަންފަރު ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) މެދުވެރިކޮށެވެ. މި މަސައްކަތާ ގުޅޭ އެއްބަސްވުމުގައި އާރްޑީސީގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމް އެވެ.

މި މަޝްރޫއުގެ ދަށުން ނޮޅިވަރަންފަރުގައި ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ދަނޑަކާއި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރެވި، ރަށުގެ ޒުވާނުންނަށް ކުޅިވަރުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.

މިއަދު އޮންލައިން