މާލީ ވުޒާރާގެ އެޑްވައިޒަރެއްގެ މަޤާމަށް ހަމްދޫން ހަމީދު އައްޔަންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
މާލީ ވުޒާރާގެ އެޑްވައިޒަރެއްގެ މަޤާމަށް ހަމްދޫން ހަމީދު އައްޔަންކޮށްފި

މާލީ ވުޒާރާގެ އެޑްވައިޒަރެއްގެ މަޤާމަށް ކުރީގެ ޕްލޭނިންގ މިނިސްޓަރު ހަމްދޫން ހަމީދު އައްޔަންކުރައްވައިފިއެވެ. މި މަޤާމަށް ހަމްދޫން އައްޔަންކޮށްފައިވަނީ ވަޒީރެއްގެ ފެންވަރުގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ހަމްދޫން މާލީ ވަޒީރުގެ އެޑްވައިޒަރަކަށް އައްޔަންކޮށްފައިވާކަން މާލީ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ. 

ހަމްދޫން ހަމީދަކީ ދިވެހި ސަރުކާރުގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2003 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމެންޓްގެ ވަޒީރުކަން ކުރައްވާފައިވެއެވެ.

މީގެއިތުރުން، 2016 އިން 2018 އަށް ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ނޮން-ރެޒިޑެންޓް ސަފީރުގެ މަޤާމުވެސް ހަމްދޫން ފުރުއްވާފައިވެއެވެ. އަދި މީގެ ކުރިންވެސް ދައުލަތުގެ އެކި މަޤާމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވެއެވެ.

މާލީ ވުޒާރާގެ އެޑްވައިޒަރެއްގެ މަޤާމުގައި ހަމްދޫން ހަމީދުގެ ތަޖުރިބާ ބޭނުންކުރައްވައިގެން، އިޤްތިޞާދީ ގޮތުން ޤައުމަށް ކުރިއެރުން ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރެވެއެވެ.

މިއަދު އޮންލައިން