އެފްއޭއޯގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
އެފްއޭއޯގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން އިން ބޭއްވި ބީބީއެންޖޭ ޕްރޮޕްކޮމް2 ގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވީ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ ޑިރެކްޓަރ ޖެނެރަލް ހުސައިން ޝިނާންއެވެ.

އަޅުގަނޑުމެންގެ މުޖުތަމަޢުތައް ކަނޑާ ގުޅިފައިވާ މިންވަރާއި ކަނޑުގެ ދުޅަހެޔޮކަމާއި އަޅުގަނޑުމެންގެ މުޖުތަމަޢުތަކުގެ ދެމިއޮތުން ގުޅިލާމެހިފައިވާ ގޮތް މި ބައްދަލުވުމުގައި ރާއްޖެއިން ފާހަގަކުރިއެވެ.

ބީބީއެންޖޭ އެއްބަސްވުމުން ރާއްޖެއަށް އެކި ގޮތްގޮތުން ފައިދާކުރަނެއެވެ. އެގޮތުން

އެކި އޮނިގަނޑުތަކާއި އަދި ބައިނަލްއަގުވާމީ މަޖިލިސްތަކުގެ މެދުގައި އެއްބާރުލުން ހަރުދަނާކުރުން ހިމެނެއެވެ. އޭގެ ތެރޭގައި އާރްއެފްއެމްއޯތަކާއި ގިނަ ޤައުމުތަކުގެ މެދުގައި ވެވޭ ތިމާވެށީގެ އެއްބަސްވުންތައް ހިމެނެއެވެ.

ކުދި ޖަޒީރާ ޤައުމުތަކަށް ހަމައެކަނި މޭޒުދޮށުގައި ގޮނޑިއެއް ލިބުމުގެ ބަދަލުގައި، ފުރިހަމައަށް އަދި މާނަހުރި ގޮތެއްގައި ބައިވެރިވެ ވަކާލާތުކުރުމުގެ ފުރުސަތު ކަށަވަރުވެގެންދެއެވެ.

ތަރައްޤީވަމުންއަންނަ ޤައުމުތަކުގެ ޤާބިލުކަން އިތުރުކޮށް، ދުނިޔޭގެ ފަންނީ މާހިރުންނާ އެކު މަސައްކަތްކުރުމަށް މަގުފަހިވެގެންދެއެވެ.

 

މިއަދު އޮންލައިން