މަކުނުދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
މަކުނުދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފި

ހދ. މަކުނުދޫގައި އަލަށް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ. މި ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަލްފާޟިލް ޢަބްދުﷲ ރާފިޢު އާއި އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީގް އާއި މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމްގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި ކައުންސިލްގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މަކުނުދޫގައި އަލަށް ޤާއިމްކުރާ މި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ ޒަމާނީ ވަސީލަތްތަކާއެކު ފަރުމާކުރެވިފައިވާ މަރުކަޒެކެވެ. މި މަރުކަޒުގައި އިންޑޯ ކުޅިވަރުތަކާއި، ބޯޑް ގޭމްތަކުގެ އިތުރުން އަންހެނުންނާއި ފިރިހެނުންނަށް ވަކިން ޚާއްސަކުރެވިފައިވާ އެރޮބިކްސް ސްޓޫޑިއޯއެއް ހިމެނޭނެއެވެ.

މި މަރުކަޒު ޤާއިމްކުރުމުން ރަށުގެ ޒުވާނުންނަށާއި އެހެނިހެން އުމުރުފުރާގެ ރައްޔިތުންނަށް ހަށިހެޔޮކަމާއި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މި މަރުކަޒަކީ ރަށުގެ އިޖްތިމާޢީ ގުޅުންތައް ބަދަހިކުރުމަށްވެސް މަގުފަހިވެގެންދާނެ ތަނަކަށް ވެގެންދާނެއެވެ.

މިއަދު އޮންލައިން