ނޮޅިވަރަންފަރުގައި ވޮލީބޯލް ކޯޓެއް އެޅުމަށް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރާނަން: ރައީސް

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ނޮޅިވަރަންފަރުގައި ވޮލީބޯލް ކޯޓެއް އެޅުމަށް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރާނަން: ރައީސް

ހދ. ނޮޅިވަރަންފަރުގައި ވޮލީބޯލް ކޯޓެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަންފަރަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، އެރަށުގައި އަލަށް ގާއިމުކުރުމަށް ސޮއިކުރެވުނު ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތަކީ ވަގުތު ނަގާނެ މަސައްކަތެއް ނަމަވެސް، ރައްޔިތުން ބޭނުންވާ އިތުރު ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް މި މުއްދަތުގެ ތެރޭގައި ކުރިއަށް ގެންދަވާނެ ކަމަށެވެ.

"ސްޕޯޓްސް ކޮމްޕްލެކްސްއަށް ވަރަށް ގިނަ ވަގުތު ނަގާނެ ނިންމަން، ބޮޑު މަޝްރޫޢެއް. އެހެންނަމަވެސް އެއަށްވުރެ އަވަހަށް ހަމަ ފުޓުބޯޅަ ދަނޑުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ނިމޭނެ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ސްޕޯޓްސް ކޮމްޕްލެކްސް ނިމެންދެން މަޑުނުކުރައްވައި، ރަށަށް މިހާރުން މިހާރަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. އެގޮތުން ރަށުގެ ރައްޔިތުން އެދިވަޑައިގެންފައިވާ ފަދައިން ވޮލީ ކޯޓެއް އެޅުމުގެ މަސައްކަތް ދާދި އަވަހަށް ފައްޓަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވިއެވެ.

ނޮޅިވަރަންފަރުގައި ކުޅިވަރުގެ ދާއިރާއިން ދެ މުހިންމު މަޝްރޫޢެއްގައި ސޮއިކުރެވިފައިވާ ކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެއީ ފީފާ ސްޓޭންޑަޑްގެ ފުޓްބޯޅަ ސްޓޭޑިއަމްއަކާއި ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމުގެ މަޝްރޫޢު ކަމަށެވެ. އަދި މިއީ އެމަނިކުފާނުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށްވެސް ވިދާޅުވިއެވެ.

މިއަދު އޮންލައިން