ކުޅުދުއްފުށީ ސިޓީގައި 2000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ކުޅުދުއްފުށީ ސިޓީގައި 2000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ހަވާލުކޮށްފި

ކުޅުދުއްފުށީ ސިޓީގައި އަލަށް ތަރައްޤީކުރާ 2000 ހައުސިންގ ޔުނިޓާއި، ކުރިން ހުއްޓިފައިވާ 400 ހައުސިންގ ޔުނިޓުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފިއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހެއިރެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިޢުލާންކުރައްވާފައިވާ 2000 ހައުސިންގ ޔުނިޓުގެ ތެރެއިން 700 ޔުނިޓު ތަރައްޤީކުރާނީ އަމިއްލަ ގޯތީގައި ގެދޮރު ތަރައްޤީކޮށްދޭ ސްކީމެއްގެ ދަށުން ކަމަށާއި، އަދި ބާކީ 1300 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށް ގެންދާނީ ޕަބްލިކް ހައުސިންގގެ ގޮތުގައި ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ކުރިން ހުއްޓިފައިވާ 400 ހައުސިންގ ޔުނިޓުގެ މަސައްކަތްވެސް އަލުން ފެށިގެންދާނެއެވެ. މިއީ ކުޅުދުއްފުށީ ސިޓީގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން އަޅުއްވާ މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން