ކ. ތުލުސްދޫ ކައިރިން ދޯންޏެއް ބަންޑުން ޖަހާލައި އެއިން ދަތުރުކުރި ބ. ކުޑަރިކިލަށް ނިސްބަތްވާ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބިފައިވަނީ މިރޭގެ ވަގުތެއްގައެވެ. އެ ދޯނީގައި ޖުމްލަ 6 މީހުން ދަތުރުކުރިކަމަށް މަޢުލޫމާތު ލިބިފައިވާއިރު، މި ހާދިސާގައި ދަތުރުކުރި އަނެއް 5 މީހުން ވަނީ ފެނިފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރެއްވި ގޮތުގައި، ހާދިސާގައި ގެއްލުނު މީހާ ފެނުނުއިރު ވަނީ ނިޔާވެފައެވެ. އަދި އޭނާ ކ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައި ކަމަށް ހޮސްޕިޓަލުން ކަށަވަރުކޮށްދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ކަމާބެހޭ ފަރާތްތަކުން ދަނީ މި ހާދިސާއާ އިތުރުނަށް ތަޙްޤީޤު ކުރަމުންނެވެ.