ކުރިނބީ ސްކޫލްގެ މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް އެފްޑީސީއާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ކުރިނބީ ސްކޫލްގެ މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް އެފްޑީސީއާ ހަވާލުކޮށްފި

ހދ. ކުރިނބީ ސްކޫލްގެ މަލްޓި ޕަރޕަސް ހޯލު އެޅުމުގެ މަސައްކަތް ފެނަކަ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެފްޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙުސައިން ސަޢީދު މުޙައްމަދު އެވެ. އަދި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރައްޒާން އެވެ.

މި މަސައްކަތް އެފްޑީސީއާ ހަވާލުކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރިނބީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

ކުރިނބީ ސްކޫލްގައި މަލްޓި ޕަރޕަސް ހޯލެއް އެޅުމަކީ އެ ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުން އައި ކަމެކެވެ. މި ހޯލު އެޅުމުން ސްކޫލުގެ ހަރަކާތްތަކާއި، ރަށުގެ އެކި އިޖްތިމާޢީ ހަރަކާތްތައް ބޭއްވުމަށް ފަސޭހަވެގެންދާނެއެވެ.

މި މަޝްރޫޢުގެ މަސައްކަތް ފެށުމާއެކު، ކުރިނބީ ސްކޫލުގެ ވަސީލަތްތައް އިތުރަށް ތަރައްޤީވެ، ދަރިވަރުންނަށް މިހާރަށްވުރެ ފުރިހަމަ ތަޢުލީމީ މާހައުލެއް ޤާއިމުވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

މިއަދު އޮންލައިން