ކުޅުދުއްފުށީ މޭޔަރަށް ޕޯޑިއަމުން ފޫހިފުޅުވަންދެން ވާހަކަފުޅުދައްކަވަން ފުރުސަތު ދެއްވުމަކީ ފެނުނު އާދަޔާ ޚިލާފު ޑިމޮކްރެޓިކް ރީތި ސިފައެއް: ވަޒީރު ޝިޔާމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ކުޅުދުއްފުށީ މޭޔަރަށް ޕޯޑިއަމުން ފޫހިފުޅުވަންދެން ވާހަކަފުޅުދައްކަވަން ފުރުސަތު ދެއްވުމަކީ ފެނުނު އާދަޔާ ޚިލާފު ޑިމޮކްރެޓިކް ރީތި ސިފައެއް: ވަޒީރު ޝިޔާމް

ރައީސް މުޙައްމަދު މުޢިއްޒު ކުޅުދުއްފުށި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ކުޅުދުއްފުށީ މޭޔަރ މުޙައްމަދު އާތިފަށް ޕޯޑިއަމުން ފޫހިފުޅުވަންދެން ވާހަކަފުޅުދައްކަވަން ފުރުސަތު ދެއްވުމަކީ ފެނުނު އާދަޔާ ޚިލާފު ޑިމޮކްރެޓިކް ރީތި ސިފައެއް ކަމަށް ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝިޔާމް ވިދާޅުވެފައިވަނީ، ކުޅުދުއްފުށީ މޭޔަރަކީ ރައީސްގެ ސިޔާސަތުތަކަށް މޭޔަރުގެ ސިޔާސީ ވިސްނުންފުޅުގައި ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެއްކަން ކަނޑައެޅިގެން އެނގިވަޑައިގަންނަވާ ހާލު، ރާއްޖޭގެ އެހެން ގިނަ ރައީސުންނާ ޚިލާފަށް މޭޔަރަށް ވަގުތުގެ ލިމިޓޭޝަނެއް ކަނޑައެޅުއްވުމެއްނެތި ވާހަކަފުޅުދައްކަވަން ފުރުސަތު ދެއްވާފައިވާ ކަމަށެވެ.

މިނިސްޓަރ ޝިޔާމް އިތުރަށް ފާހަގަކުރައްވާފައިވަނީ، ނިމިދިޔަ ސަރުކާރުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ނައިފަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދަކީ ސިޔާސީގޮތުން ޚިޔާލު ތަފާތު ބޭފުޅަކަށްވީތީ ޖަލްސާގައި ފުރުސަތު ނުދެއްވާ ކަމަށެވެ.

އަދި ރައީސް މުޢިއްޒު މިހާރު ރައްޔިތުންނާ ގާތަށް އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިމޭއިރު، އެމަނިކުފާނަށް ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށަކަށް ޒަޢާމަތުގެ ފުރަތަމަ 2 އަހަރުތެރޭ މަދުވެގެން 2 ފަހަރަށް ޒިޔާރަތްކުރެއްވޭނެ ކަމަށް ވަޒީރު ފާހަގަކުރައްވާފައިވެއެވެ.

މިނިސްޓަރ ޝިޔާމް ވިދާޅުވެފައިވަނީ، ރައީސް މުޢިއްޒުގެ މި ދަތުރުފުޅު ނިމޭއިރު ދިވެހި ތާރީޚުގައި 5 އަހަރުގެ ޒަޢާމަތެއްގައި ކުރިޔަށް ގެންދެވޭ އެންމެ ގިނަ މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ހުންނާނީ ފެށިފައި ކަމަށާއި، އަދި މިދަތުރުފުޅު ނިމޭއިރު ރައީސް މުޢިއްޒު ވެވަޑައިގަންނަވާނީ 5 އަހަރުގެ ޒަޢާމަތެއްގައި އަތޮޅުތެރޭގައި ރައްޔިތުންނާއެކީ އެންމެ ގިނަ ވަގުތު ހޭދަކުރެއްވި ރައީސަށް ކަމަށެވެ.

މިއަދު އޮންލައިން