ގއ.ފުޅަނގީގެ ހުޅަނގު އުތުރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
ގއ.ފުޅަނގީގެ ހުޅަނގު އުތުރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި

ގއ.ފުޅަނގީގެ ހުޅަނގު އުތުރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި.

މި ވަދު ކަނދުފަތީގެ ނަންބަރަކީ O09V02 އެވެ. މި ވަދު ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ:

00°43.000'N

73°08.000'E

މި ވަދު ކަނދުފަތި ޤާއިމްކުރުމުގެ މައިގަނޑު މަޤްޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރުވައި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމެވެ. މި ވަދު ކަނދުފަތި ޤާއިމްކުރެވުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިންނަށް، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަމުގައި ޝާމިލްވާ ފަރާތްތަކަށް، ފާހަގަކުރެވޭފަދަ ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. މީގެ ސަބަބުން މަސްވެރިކަމުގެ ދާއިރާއަށް އިތުރު ޝައުޤުވެރިކަމެއް އުފެދި، އިޤްތިޞާދީ ގޮތުން ނަފާ ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ.

ވަދު ކަނދުފަތި ޤާއިމްކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުން ގެންދާ މުހިންމު މަސައްކަތެކެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ވަދު ކަނދުފަތި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން