އެމްޓީސީސީއިން އެގްރޯނެޓްގެ ބޯޓުތައް ހިންގުމަށް މަޝްވަރާކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
އެމްޓީސީސީއިން އެގްރޯނެޓްގެ ބޯޓުތައް ހިންގުމަށް މަޝްވަރާކޮށްފި

ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާ ބެހޭ ވުޒާރާއާއި އެމްޓީސީސީއާ ދެމެދު ބޭއްވުނު ބައްދަލުވުމެއްގައި، ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށް އެގްރޯނެޓްގެ ބޯޓުތައް އެމްޓީސީސީގެ އުޅަނދުތަކުގެ ތެރޭގައި ހިމަނައިގެން ހިންގުމަށް އެ ކުންފުނިން ޝައުޤުވެރިކަން ފާޅުކޮށްފިއެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ރައީސް އޮފީހުގެ އިސްފަރާތްތަކުގެ ނިންމުމެއް ބޭނުންވާ ކަމަށް އެމްޓީސީސީން ފާހަގަކޮށްފައިވެއެވެ. އަދި ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާ ބެހޭ ވުޒާރާގެ އިރުޝާދާއެކު، އެ ނިންމުން ނިމުމުން މިކަން ކުރިއަށް ގެންދިއުމަށް އެ ކުންފުނިން ތައްޔާރަށް ތިބިކަން ވަނީ އަންގާފައެވެ.

އެމްޓީސީސީން މިހާރުވެސް ފެރީ ޚިދުމަތްތަކުގެ ތެރެއިން ތާވަލުތަކެއް އެކުލަވާލާފައިވާ ކަމަށާއި، މި ތަފްޞީލުތައް ދަނޑުވެރިކަމާ ބެހޭ ވުޒާރާއާ ހިއްސާކުރާނެ ކަމަށް ވަނީ ބުނެފައެވެ. މި ތާވަލުތައް ވުޒާރާއިން މުރާޖަޢާކުރުމަށްފަހު، ލޮޖިސްޓިކްސްގެ ޕްލޭނެއް އެކުލަވާލައި، އެ މަޢުލޫމާތު ދަނޑުވެރިންނާ ހިއްސާކުރުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރެވިފައެވެ.

ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާ ބެހޭ ވުޒާރާއިން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ދަނޑުވެރިން އުފައްދާ ތަކެތި ވިއްކޭނެ އިންތިޒާމްތައް ފަހިކޮށްދިނުމަށް އެކި ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށެވެ. މި މަސައްކަތުގެ ތެރެއިން އެމްޓީސީސީއާއެކު ކުރެވުނު މި މަޝްވަރާތަކަކީ ދަނޑުވެރިންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

މިއަދު އޮންލައިން