ކުމުންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އެޅުމަށް އެމްއޭސީއެލްއާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ކުމުންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އެޅުމަށް އެމްއޭސީއެލްއާ ހަވާލުކޮށްފި

ހދ. ކުމުންދޫގައި އަޅަން ނިންމާފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީޤު އަދި ކުމުންދޫ ކައުންސިލުގެ ރައީސް އަމީން މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސަރުކާރުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި އައުޓްޑޯ ޖިމްތައް ޤާއިމްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މި މަސައްކަތްތައް އަންނަ އަހަރުގެ ކުރިން ނިންމުމަށް ވަނީ ރޭވިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މި މަޝްރޫޢުތަކަކީ ރައްޔިތުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަސައްކަތްތަކެކެވެ.

 

މިއަދު އޮންލައިން