ފިޔޯރީ ދެކުނުން 12.5 މޭލު ބޭރުގައި މިއަދު ދޮށީ ކަނދުފަތި ގާއިމްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ފިޔޯރީ ދެކުނުން 12.5 މޭލު ބޭރުގައި މިއަދު ދޮށީ ކަނދުފަތި ގާއިމްކޮށްފި

ގދ. ފިޔޯރީ ދެކުނުން 12.5 މޭލު ބޭރުގައި މިއަދު ދޮށީ ކަނދުފަތި ގާއިމްކޮށްފިއެވެ.

މި ކަނދުފަތީގެ ނަންބަރަކީ Q09D01-01އެވެ. މި ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ:

0°00.059'N

73°06.026'E

މި ކަނދުފަތި ޤާއިމްކުރުމުގެ މަޤްޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުމެވެ. މި ދޮށީ ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށްބޮޑު ފަސޭހައެކެވެ.

ކަނދުފަތި ޤާއިމްކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުން ގެންދާ މުހިންމު މަސައްކަތެކެވެ.

މީގެއިތުރުން ކުރިއަށް އޮތް ތަނުގައި އިތުރު ކަނދުފަތި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ.

މިކަމާގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ" "ރައީސް ވެރިކަމަށް ވަޑައިގެންނެވި ފަހުން ދިވެހިރާއްޖޭގައި އެންމެ ގިނަ ވަދު ކަނދުފަތި އަހަރެއްގެ ތެރޭގައި އެޅިގެން މިދިޔައީވެސް. މިދިޔަ އަހަރު އެޅި ކަނދުފަތިތަކަށްވުރެ ގިނަ ކަނދުފަތިތަކެއް މިއަހަރުވެސް އެޅިގެންދާނެ. މިވެސް ވަރަށް ބޮޑަށް ރައްޔިތުން އެދޭ ކަމަކަށްވާތީއާއި އެކީގައި ރައީސްގެ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް މިކަމުގައިވެސް އެބައޮތް. އަދި މަސް ކަނދުފަތީގެ ވިއުގައެއްވެސް އެބައޮތް. އެ ވިއުގައަށް އިތުރުކުރަންޖެހޭ ކަނދުފަތިތަކުގެ ދިރާސާތަކެއްވެސް ހެދި އަދި އެ ވިއުގައިން ކެނޑޭ ކޮންމެ ކަނދުފައްޗެއް އެއީ އަޅުގަނޑުމެން އެންމެ ޚާއްސަކަމެއް ދީގެން ރީ-އިންސްޓޯލްކުރާ ކަނދުފައްޗަކަށް ހަދައިގެން އަޅުގަނޑުމެން މިއުޅެނީ." ވަޒީރު ވިދާޅުވިއެވެ.

މިސަރުކާރުން މިހާތަނަށް މުޅިން އަލަށް 22 އަށްވުރެ ގިނަ ކަނދުފަތި އަޅާފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. 

 

މިއަދު އޮންލައިން