އަބްދުއްރަހްމާނު އާދަމްގެ މަރުގެ މައްސަލާގައި ހައްޔަރުކުރި އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
އަބްދުއްރަހްމާނު އާދަމްގެ މަރުގެ މައްސަލާގައި ހައްޔަރުކުރި އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި

އއ. މާޅޮހުން ޒަޚަމްތަކަކާއެކު ފެނުނު އަބްދުއްރަހްމާނު އާދަމްގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ އަޙްމަދު އާޝިދުގެ ބަންދު މުއްދަތު އިތުރު 30 ދުވަހަށް ކޯޓުން އިތުރުކޮށްފިއެވެ.

މި މައްސަލާގައި މިހާތަނަށް ޖުމްލަ 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ އއ.މާޅޮސް/ ލީލީފެހި، މުހައްމަދު ވިޝާމް (22އ) އާއި އއ.މާޅޮސް / ފިނިވާގޭ، އަހުމަދު ފާރިސް (27އ) އަދި އއ.މާޅޮސް/ ފިޔަ، އަހުމަދު އާޝިދު (27އ) އެވެ. މީގެ ތެރެއިން މުހައްމަދު ވިޝާމް އާއި އަހުމަދު ފާރިޝް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

65 އަހަރުގެ ޢަބްދުއްރަހްމާން އާދަމް ނިޔާވެފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު، އޭނާއަށް ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށެވެ. ފުލުހުން ހެދި އޮޓޮޕްސީ ރިޕޯޓުން ދައްކާގޮތުގައި އަބްދުއްރަހްމާން އާދަމް ނިޔާވެފައިވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުންނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ޚާއްޞަ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވަމުންދާއިރު، ރަށަށް އަރާ ފައިބާ މީހުން މޮނިޓަރ ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އަދި މައްސަލައިގެ ތަޙްޤީޤު މަސައްކަތް ދަނީ ކުރިއަށެވެ.

މިއަދު އޮންލައިން