ދެން އެންމެ އަވަހަށް ފްރީ ޒޯން ޤާއިމް ކުރަނީ ރާއްޖޭގެ ދެކުނުން: ސީއީއޯ ރިޝްވާން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ދެން އެންމެ އަވަހަށް ފްރީ ޒޯން ޤާއިމް ކުރަނީ ރާއްޖޭގެ ދެކުނުން: ސީއީއޯ ރިޝްވާން

ދެން އެންމެ އަވަހަށް ފްރީ ޒޯން ޤާއިމް ކުރަނީ ރާއްޖޭގެ ދެކުނުން ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށި ސިޓީގައި އެމްޕީއެލްއިން ދެމުންދާ ޚިދުމަތްތައް ފުޅާކުރުމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން، ސީއީއޯ ރިޝްވާން ވިދާޅުވެފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފްރީޒޯންތައް ޤާއިމް ކުރުމަކީ ސަރުކާރުން އިސްކަމެއް ދީގެން އިޤްތިޞާދު ސިންދަފާތު ކުރުމަށް ކުރަމުންދާ މަސައްކަތެއް ކަމަށެވެ. މި މަސައްކަތުގެ ތެރެއިން ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގައި ޑިއުޓީއަކާ ނުލައި މުދާ ބެހެއްޓޭ ޒޯނެއް ވަނީ ކަނޑައަޅާފައެވެ.

"މީގެ މޮޑެލްއެއް ރެޑީ ކުރަން ދެކުނަށް. އައްޑޫގައިވެސް އެބައޮތް ބަނދަރެއް. ކުޅުދުއްފުށީގައި ޕައިލެޓް ޕްރޮޖެކްޓް މި ފެއްޓީ. އަޅުގަނޑުމެން ވަރަށް ބޮޑަށް ތައްޔާރުވެފައި މިތިބީ،" ރިޝްވާން ވިދާޅުވިއެވެ.

އެމްޕީއެލްގެ ސީއީއޯ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެ ކުންފުނީގެ ލޮޖިސްޓިކް ޚިދުމަތްތައް އުތުރުން ދެކުނަށް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ވަނީ ލިބިފައެވެ. މި ކަމާއެކު ސަރަހައްދީ ވިޔަފާރި ބަނދަރުތަކަށް ގެނެވޭ ކޮންޓެއިނަރުތައް އަތޮޅުތަކަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފްރީ ޒޯންތަކަކީ، ރާއްޖެއަށް މުދާ ގެނެސް، މުދާ ބޭރުކުރުމުގެ ކުރިން ޑިއުޓީ ނުދައްކާ ބެހެއްޓޭ ސަރަހައްދުތަކެވެ. މި ފަދަ ޒޯންތައް ޤާއިމްކުރުމަކީ ވިޔަފާރި ފުޅާކޮށް، އިޤްތިޞާދީ ހަރަކާތްތައް އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

މިއަދު އޮންލައިން