އެމްޔޫ މަނިކުގެ ޖަނާޒާ ރާއްޖެއާއި ސިންގަޕޫރުގައި ޢަޞުރު ނަމާދަށްފަހު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
އެމްޔޫ މަނިކުގެ ޖަނާޒާ ރާއްޖެއާއި ސިންގަޕޫރުގައި ޢަޞުރު ނަމާދަށްފަހު

ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) މިއަދު ހެނދުނުގެ ވަގުތެއްގައި ސިންގަޕޫރުގައި އަވަހާރަވެއްޖެއެވެ. އުމުރުފުޅުން 78 އަހަރުގައި އަވަހާރަވި އެމްޔޫ މަނިކުގެ ޖަނާޒާގެ ކަންތައް ސިންގަޕޫރާއި ރާއްޖޭގައި މިއަދު ޢަޞުރު ނަމާދަށްފަހު ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ސިންގަޕޫރުގައި ޞިއްޙީ ފަރުވާ ހޯއްދަވަމުން ގެންދެވި އެމްޔޫ މަނިކުގެ ކަށުނަމާދު އޮންނާނީ މަސްޖިދުލް ޕްސާރާ އަމަންގައެވެ. އަދި ރާއްޖޭގައި ޣައިބު ކަށުނަމާދު އޮންނާނީ މާލޭ އިސްލާމީ މަރުކަޒުގައެވެ. ދެތަނުގައިވެސް ކަށުނަމާދު އޮންނާނީ ޢަޞުރު ނަމާދަށްފަހުގައެވެ.

އެމްޔޫ މަނިކަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެތައް ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން 1982 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، 2002 ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި މިނިވަން 25ގެ ޢާންމު ޚިދުމަތުގެ އިނާމުވެސް އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.

އެމްޔޫ މަނިކުގެ އަގުހުރި ޚިދުމަތްތަކަށް ބައްލަވައި، 2011 ވަނަ އަހަރު ދިވެހި ދައުލަތުން ވަނީ އެމަނިކުފާނަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ) އަރުވާފައެވެ. މިއީ ދިވެހި ދައުލަތުން އަރުވާ އެންމެ މަތީ ޝަރަފުތަކުގެ ތެރެއިން ޝަރަފެކެވެ.

އެމްޔޫ މަނިކުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ދަންނަވަމެވެ.

މިއަދު އޮންލައިން