"ޔަންގް ސްޕާކްސް" ވޯކްޝޮޕް ސްޓެލްކޯއިން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
"ޔަންގް ސްޕާކްސް" ވޯކްޝޮޕް ސްޓެލްކޯއިން ފަށައިފި

އިންޖިނިއަރުންގެ ދުވަހާ ދިމާކޮށް ސްޓެލްކޯ ފައުންޑޭޝަނުން (އެސްއާރްއެފް) "ޔަންގް ސްޕާކްސް" ނަމުގައި ވޯކްޝޮޕެއް ފަށައިފިއެވެ. މި ވޯކްޝޮޕަކީ ގްރޭޑް 6 އަދި 7 ގައި ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމެކެވެ.

މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު 32 ދަރިވަރުންނަށް ހުޅުވާލާފައިވާއިރު، ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 20 ވަނަ ދުވަހެވެ. ސްޓެލްކޯއިން ފާހަގަކުރި ގޮތުގައި މި ވޯކްޝޮޕްގައި ބައިވެރިވުމަށް އެއްވެސް ފީއެއް ނުނަގާނެއެވެ.

ސައިންސް، ޓެކްނޮލޮޖީ އަދި އިންޖިނިއަރިންގެ ދާއިރާތަކަށް ހާއްސަކޮށްގެން ބާއްވާ މި ވޯކްޝޮޕްގައި ކުޑަކުދިންނާ ގުޅުންހުރި އެކި މޭޒް އެކްޓިވިޓީ ޕްރޮޖެކްޓްތައް ކުރިއަށްގެންދާނެއެވެ. މި ހަރަކާތްތައް ފަރުމާކޮށްފައިވަނީ ކުޑަކުދިންގެ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދީގެންނެވެ.

ޔަންގް ސްޕާކްސް ވޯކްޝޮޕް ކުރިއަށްދާނީ ހަތަރު ދުވަހަށް ބަހާލައިގެންނެވެ. އެގޮތުން އޮގަސްޓް 30، ސެޕްޓެމްބަރ 6، 13 އަދި 20 ވަނަ ދުވަހު ވޯކްޝޮޕްގެ ސެޝަންތައް ކުރިއަށްދާނެއެވެ.

މިއަދު އޮންލައިން