އިންޖިނޭރުންނަށް ރަތް ދޫލައިން މަރުޙަބާކިޔައި ސްޓެލްކޯއިން އިންޖިނޭރުންގެ ދުވަސް ފާހަގަކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
އިންޖިނޭރުންނަށް ރަތް ދޫލައިން މަރުޙަބާކިޔައި ސްޓެލްކޯއިން އިންޖިނޭރުންގެ ދުވަސް ފާހަގަކޮށްފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިންޖިނޭރުންނަށް ރަތް ދޫލައިން މަރުޙަބާކިޔައި ޚާއްސަ ޙަފްލާއެއް ބާއްވައިފިއެވެ.

އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ ބޭއްވި ޙަފްލާގައި، ކުންފުނީގެ ފެންވަރުގައި ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ފާހަގަކޮށް، ކުންފުނީގައި ޚިދުމަތްކުރަމުންދާ އިންޖިނޭރުންގެ އަގުވަޒަންކުރުމަށް ކުރިއަށްދިޔަ އިންޖިނޭރުންނަށް ރަތް ދޫލައިގައި މަރުޙަބާއެއް ވަނީ ކިޔާފައިކަމަށް ސްޓެލްކޯއިން ވަނީ ބުނެފަވެ. 

މި މުނާސަބަތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހުމީ ދެއްކެވި ވާހަކަފުޅުގައި، އިންސާނިއްޔަތަށް ފަސޭހަ ދިރިއުޅުމެއް ގެނެސްދިނުމަށް އިންޖިނޭރުން ކުރައްވަމުންދާ އަގުނުކުރެވޭ މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

"ޚާއްސަކޮށް، ގައުމު ބިނާކޮށް ތަރައްގީގެ މަގުގައި އެއްވެސް ފަސްޖެހުމެއްނެތި، ދިގުދެމިގެންދާ ގޮތަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ސްޓެލްކޯގެ ހީވާގި އިންޖިނިޔަރުން ކުރައްވަމުން ގެންދަވާ އަގުނުކުރެވޭ މަސައްކަތްތަކަށް ސްޓެލްކޯގެ މުޅި އިންޖީނިއަރުންގެ ޓީމަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވަން،" ފަހުމީ ވިދާޅުވިއެވެ.

އެކި ދާއިރާތަކުގެ އިންޖިނޭރުންގެ ހުނަރާއި ހިތްވަރާ ނުލައި، މިއަދު ރައްޔިތުންނަށް ލިބިފައިވާ ފަސޭހަ ދިރިއުޅުމެއް ލިބިގެން ނުދާނެކަން ފަހުމީ ފާހަގަކުރެއްވިއެވެ.

އިންޖިނޭރުން ޤައުމަށް ކޮށްދެއްވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަނީ 30 އޯގަސްޓް ގައުމީ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ހަމަޖައްސަވާފައެވެ.

މިއަދު އޮންލައިން