ގެއަކީ ދެމަފިރިންގެ މަސައްކަތުން ގަނެ ދެމަފިރިންގެ ނަމުގައި ހުރި ގެއެކެވެ. އެއްރޭ ފިރިމީހާ އައީ އޭނާގެ ލޯބިވެރިޔާ ގޮވައިގެންނެވެ. އަނބިމީހާއަށް ބެލުމެއް ނެތި ދެމީހުން ފައުޅުގައި ލޯބީގެ ކުޅިގަނޑު ހިންގަން ފެށުމުން އަނބިމީހާ ބަހެއް ބުނިއިރަށް މޫނުމަތީގައި ޖެހީ ތަފާއްޔެކެވެ.
އިރުކޮޅަކުން އަންހެންމީހާ ގޮވައިގެން ގޮސް ދެމަފިރިން ނިދާ ކޮޓަރިއަށް ވަނުމުން އަނބިމީހާއަށް ޖެހުނީ ނުކުންނާށެވެ! ނުކުމެ ޖެހިގެން ހުރި ކޮޓަރިއަށްވަދެ ބާރަށް ދުޢާކުރަން ފެށިއެވެ. ފިރިމީހާގެ އަނިޔާވެރިކަމުން ސަލާމަތްކޮށްދެއްވެވުން އެދިގެންނެވެ.
އެއަޑުއަހަން ފިރިމިހާއަކަށް ކެތެއް ނުކުރެވުނެވެ. ގޮސް ދޮރުފަތުގައި ހިފިއިރު ހުރީ އެތެރެއިން ތަޅުލައިފައެވެ. ދޮރުގައި ތަޅާތަޅައިވެސް ދޮރުނުހުޅުވުމުން އައި ރުޅީގައި ގައިހުރި ބާރަކަށް ދޮރުގައި ފައިން ޖެހިތަނާ ކަކުލުހުޅުން ދިއައީ ނެއްޓިގެންނެވެ. ހުޅުގެ ކަށިތަކުގައި ރެނދުވެސްލީއެވެ.
ގެއަށް ގެނައި ލޯބިވެރިޔާއަށް ޖެހުނީ އޭނާ ގޮވައިގެން ހޮސްޕިޓަލަށްދާށެވެ. ޑޮކްޓަރުން ހުޅު އޮޕަރޭޝަންކޮށްފައި ބުނީ 3 މަސްވަންދެން ފައިއަޅައިގެން ނުވާނެ ކަމަށެވެ.
3 ހަފްތާވަންދެން ހޮސްޕިޓަލުގައި އޮވެފައި ގެއަށް އައުދެވުމުން އަނބިމީހާގެ ކިބައިން މާފަށް އެދުމުން ބުންޏެވެ. "މާފުކޮށްފީމެވެ. އެކަމަކު ﷲ ތަޢާލާ ލައްނަތް ލައްވަވާފައި ހުރި މީހަކާއެކު އުޅޭކަށް ބޭނުމެއް ނޫނެވެ. އެއްގޮތަކީ ގެއިން އަހުރެންގެ ޙިއްޞާ ތިބާ ގަތުމެވެ. ފައިސާ ދިނީމާ ގެއިން ނުކުންނާނަމެވެ. ދެވަނަ ގޮތަކީ ތިބާގެ ޙިއްޞާ އަހުރެންނަށް ވިއްކުމެވެ. ދޭނެ ފައިސާ އަހުރެން ހަމަޖައްސައިފީމެވެ. މިގެ މިހުރީ ބައިކޮށްގެން ދެމީހުންނަށް ވަކިން އުޅެވޭނެ ގޮތަކަށް ނޫނެވެ. އުޅެވޭނީ އެކަކަށެވެ. ވީމާ އަވަހަށް ގޮތެއް ނިންމާށެވެ. މިގެއަށް އެއަންހެން މީހާ ދެން ވައްދައިފިނަމަ މާނުބައިކޮށް ދުޢާކުރާނަމެވެ."
އަނބިމީހާ މާނުބައިކޮށް ދުޢާކުރާނެކަމަށް ބުނުމުން ފިރިމީހާ ގަތީ އަމަށަކު ބިރެއް ނޫނެވެ. އޭނާގެ ޙިއްޞާ ވިއްކާލާފައި ވަޤުތުން ގެއިން ނުކުތީއެވެ. އަނބިމީހާ ފައިސާ ދިނީ ބޭންކުން ލޯނެއްގެ ގޮތުގައި ހޯދައިގެންނެވެ. އެހިސާބުން އެޙިސާބުން ފިރިމީހާގެ އަނިޔާވެރިކަމުން ޢުމުރަށް ސަލާމަތްވެވުނީއެވެ.
މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންތައްތައްވީ ގޮތެވެ. މިއީ ޙަޤީޤަތެއް ކަމަށް ބުނާކަށް ނެތީމެވެ. އަދި ޙަޤީޤަތެއް ނޫންކަމަށްވެސް ބުނާކަށް ނެތީމެވެ. ހަމަޔަޤީނުންވެސް ހުރިހާ ގޮތަކުންވެސް ވަރަށް ޢިބްރަތްތެރި ފިލާވަޅެކެވެ. އަހުރެން ޙާޞިލުކުރި އެންމެ ބޮޑު ފިލާވަޅަކީ އަނިޔާ ލިބޭ މީހާގެ ދުޢާއަށް ހުރަހެއް ނެތްކަމަށް ބުނާ ބަހުގެ ތެދުކަން މިއަދުވެސް އަންނަނީ ހާމަވަމުން ކަމެވެ.
އެމީހަކު ބޭނުންވާ ގޮތަކަށް އެމީހަކު ވިސްނާށެވެ!
- ފަޒީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް